ޚަބަރު
މިއަދުވެސް މާލެ ސަރަހައްދުގެ ރަށްރަށަށް ވައި ނުސާފުކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެ
ހުޅުމާލޭގައި އިންތިހާއަށް ވައިނުސާފުވެފައި/ ފޮޓޯ: އެޑިޝަން.އެމްވީ
ރާއްޖޭގެ އިރުމަތިން ބޭރުން އަންނަ ދުމުގެ ސަބަބުން މިއަދުވެސް މާލެ ސަރަޚައްދަށް ވައި ނުސާފުވާނެކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެ.
މެޓް އޮފީހުން މިހެން ވީދާޅުވެފައި ވަނީ ވައި ނުސާފުވުމުގެ ސަބަބުން ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާތީއެވެ. މިގޮތުން، ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް މާލެ ސަރަޙައްދަށް މިހާރު ލޮލަށް ފެންނަ ދުރުމިން 4 ކިލޯމީޓަރަށް ވުރެ ދަށްވެފައިވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މި ދުވަސްވަރު ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލާޖީ މައްސަލަ ހުންނަ މީހުން ގެއިން ބޭރުގައި ގިނަވަގުތު ހޭދަނުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ހަމައެހެންމެ، ކޮންމެހެން ބޭރަށް ނުކުންނަންޖެހިއްޖެ ޙާލަތްތަކުގައި ވެސް މާސްކު އެޅުމާއި، ހައި ރިސްކު މީހުން ބޭރުގައި ގިނަވަގުތު ނޫޅުމަށް ވެސް އެޗްޕީއޭއިން އިލްތިމާޒްކުރައްވައެވެ.