ޚަބަރު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި

ވިއްސާރަ ދުވަހަކު މާލޭގެ ތެރެއިން/ފޮޓޯ: އެޑިޝަން އެމްވީ
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން މެދުރާއްޖެތެރޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން މެންދުރު ފަހު 14:00 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މީގެ ކުރިން މި ހަފްތާ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި މިއަދުން ފެށިގެން ރާއްޖޭގެ ކަނޑުތައްވެސް މިހާރަށް ވުރެ ގަދަވާނެކަަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.
White Alert for heavy rain and thunderstorms. pic.twitter.com/lhI3b2n91P
— Maldives Meteorology (@MetMaldives) April 8, 2025