ޚަބަރު
އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މިރޭ ވިއްސާރަ ކުރާނެ: މެޓް އޮފީސް

ވިއްސާރަ ދުވަހަކު މާލޭގެ ތެރެއިން/ފޮޓޯ: ސަން އޮންލައިން
އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް މިރޭ ވިއްސާރަ ކުރާނެކަމަށް ލަފާ ކުރެވޭކަަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މާދަމާ ހެނދުނު 6:00 އާއި ހަމައަށް މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ. ހަމަ މިއާއެކު، ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ ރަށްތަކަށް ޢާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓުން މަޢުލޫމާތުދެއެވެ.
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، ގަޑިއަކު ހަތް މޭލާއި 17 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަަމަށާއި، ރާއްޖޭގެ އެހެން ހިސާބުތަކަށް އާދައިގެ ވަރަަކަށް ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އިސްމިނުގައި ދެ ފޫޓާއި ފަސް ފޫޓު ހުންނާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރެއަށް ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.