Ads by Exprox

ޚަބަރު

އެއްގަމު ދަތުރުފަތުރުގެ ޤަވާއިދުތަކަށް މީހުން އަހުލުވެރިކުރުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

އެއްގަމު ދަތުރުފަތުރުގެ ޤަވާއިދުތަކަށް މީހުން އަހުލުވެރިކުރުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 އޭޕްރީލު 2025، 05:16

14 އޭޕްރީލު 2025، 05:16

އެއްގަމު ދަތުރުފަތުރުގެ ޤަވާއިދުތަކަށް މީހުން އަހުލުވެރިކުރުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ނިންމަވާފައިވަނީ، މިދިޔަ އާދީއްތަ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައެވެ.

ރައީސް ވަނީ، އެއްގަމު ދަތުރުފަތުރުގެ ޤަވާއިދުތަކަށް ޢާންމުން އަހުލުވެރިކޮށް، އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ނިންމަވާފައެވެ. އަދި މި ނިންމުން ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން، މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަމާއި ގުޅޭގޮތުން ކަރުދާހެއް ހުށައަޅުއްވާ، ވަޒީރުންގެ މަޝްވަރާއާއި ލަފާ ހޯއްދަވައިފައެވެ.

ރައީސް އޮފިހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޤައުމީ ކެމްޕެއިން ކުރިއަށްދާނީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS