Ads by Exprox

ޚަބަރު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ދިވެހިރާއްޖެއާއި މެލޭޝިއާގެ ދިދަ/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

14 އޭޕްރީލު 2025، 11:17

14 އޭޕްރީލު 2025، 11:17

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައިވަނީ މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއަށެވެ.

މި މެސެޖުގައި ރައީސް ވަނީ، މަރުޙޫމް އަބްދުﷲ އަޙްމަދު ބަދާވީއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް ޢާންމު ޚިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަމަސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ރައީސް ވަނީ މެލޭޝިއާގެ އިޤްތިޞާދީ ކުރިއެރުމަށް ކުރީގެ ބޮޑުވަޒީރު ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރައްވާފައެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަރްޙޫމް އަބްދުﷲ އަޙްމަދު ބަދާވީއަކީ ހަމަހަމަކަމާއި، ޤައުމީ އެއްބައިވަންތަކަމާއި، ހެޔޮވެރިކަމެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއްކަމަށެވެ. ރައީސްގެ މެސެޖު ނިންމާލައްވަމުން ވަނީ، މި ފުން ހިތާމައިގެ ދަނޑިވަޅުގައި މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ ޢާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި، ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ޙަމްދަރުދީ ފޮނުއްވާފައެވެ.

އަބްދުﷲ އަޙްމަދު ބަދާވީއަކީ، 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް ޚިދުމަތް ކުރެއްވި، މެލޭޝިއާގެ 5 ވަނަ ބޮޑުވަޒީރެވެ. މިބޭފުޅާގެ ބޮޑުވަޒީރުކަމުގައި އަމާޒު ހިއްޕެވީ އިސްލާމީ އުސްލޫބު ފަތުރުއްވައި، މެލޭޝިއާގެ އިޤްތިޞާދަށް ކުރިއެރުން ހޯއްދަވައިދެއްވައި، ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރެއްވުމަށެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS