Ads by Aqeeqa Maldives

ޚަބަރު

ނެދަލެންޑްސްގެ ކިންގްސް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

ނެދަލެންޑްސްގެ ކިންގްސް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

ނެދަލެންޑްސް އަދި ރާއްޖޭގެ ދިދަ/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 އޭޕްރީލު 2025، 11:41

27 އޭޕްރީލު 2025، 11:41

ނެދަލެންޑްސްގެ ކިންގްސް ޑޭ ގެ މުނާސަބަތުގައި އެ ޤައުމުގެ ރަސްގެފާނަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ވަނީ، އެ ޤައުމުގެ ރަސްގެފާނު ކިންގ ވިލަމް އަލެކްސާންޑަރ އަށާއި ބޮޑުވަޒީރު ހެންޑްރިކަސް ވިލެމަސް މާރިއާ ޝޫފް އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ރަސްގެފާނުގެ އުފަންދުވަސް ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ރަސްގެފާނަށް ދުޅަހެޔޮކަމާއި އުފާފާގަތިކަމަށާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް ތަރައްޤީއާއި ތަމައްދުނު ލިބެމުންދިއުމަށް އެދިވަޑައިގަންނަވާކަމަށް، އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ބޮޑުވަޒީރަށް ވަކިން ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނެދަލެންޑްސްގެ ބޮޑުވަޒީރަށާއި ސަރުކާރަށާއި ރައްޔިތުންނަށް، ކިންގްސް ޑޭ ގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި، ނެދަލެންޑްސްގެ ރައްޔިތުންނަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް، އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS