ޚަބަރު
ސަރުކާރާއި އެމް.ބީއެސް ގްލޯބަލް އިންވެސްޓްމަންޓާ ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ރައީސް ޑރ މުއިއްޒު އެމް.ބީއެސް ގްލޯބަލް އިންވެސްޓްމަންޓާ ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން. ފޮޓޯ: ރަޢީސް އޮފީސް
ދިވެހި ސަރުކާރާއި އެމް.ބީއެސް ގްލޯބަލް އިންވެސްޓްމަންޓާ ދެމެދު ސޮއިކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) އުފެއްދުމަށް ޖޮއިންޓް ވެންޗާ އެގްރީމަންޓާއި އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތެވެ. އެމްއައިއެފްސީއަކީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އިސްވެ ރާއްޖޭގެ އިގްތިސާދީ މަންޒަރު ބަދަލުކޮށް، 21 ވަނަ ގަރުނުގެ ފައިނޭންސްގެ އެންމެ މަތީދަރަޖައިގައިވާ ޤައުމުތަކާއި އެއްހަމައަށް ޖެހިލުމަށް ރައީސް ޑރ މުޢިއްޒުގެ ލީޑަޝިޕްގައި އަޅުއްވާ އެންމެ ވަރުގަދަ ފިޔަވަޅެވެ.
މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި މާލީ ވަޒީރު މޫސާ ޒަމީރުގެ އިތުރުން ދައުލަތުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން އެމް.ބީއެސް ގްލޯބަލް އިންވެސްޓްމަންޓްގެ އިސްވެރިންވެސް ބައިވެރިވެެވަޑައިގަންނަވައެވެ.