ކުޅިވަރު / ޚަބަރު

ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި ކުޅޭ ޤައުމީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި ކުޅޭ ޤައުމީ ޓީމަށް ރައީސް ހިތްވަރުދެއްވައިފި

ބޫޓާން ކޮޅަށް ގޯލު ކާމިޔާބުކުރުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާފާޅުކުރަނީ/ފޮޓޯ: ސިޑިބަރި

16 މޭ 2025، 07:14

ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި ކުޅޭ  ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިތްވަރުދެއްވައިފި އެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ޤައުމީ ފުޓުބޯޅަ ޓީމު ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ ސެމީ ފައިނަލްގަައި މިއަދު ކުޅޭ އިރު މުޅި ޤައުމު މިއޮތީ ޒުވާން ޓީމާއެކުގައި ކަމަށެވެ. އެހެންކަމުން، މުޅި ޒުވާން ޤައުމީ ޓީމަށް ޤައުމީ ލޯތްބާއެކު، ޓީމުން ކުރަމުންދާ ހިތްވަރަށް އެމަނިކުފާނު ވަނީ ސާބަސް ދަންނަވާފައެވެ. އަދި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ޤައުމީ ޓީމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސެމީ ފައިނަލްގެ މެޗުގައި ރާއްޖެ ކުރިމަތިލާން ޖެހެނީ އިންޑިއާ ޓީމާއެވެ. އިންޑިއާގެ މި ޓީމަކީ މި މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ވަރުގަދަ ޓީމެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގެ ދެ މެޗުން 12 ގޯލު ޖަހާފައެވެ. އަދި އިދިކޮޅު ޓީމުތަކަށް އެ ޓީމުގެ ކޮޅަށް އެއްވެސް ގޯލެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ރާއްޖެއާ އިންޑިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، މިއަދު އިރުއޮއްސި 7 ޖަހާއިރު އެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS