Ads by Aqeeqa Maldives

ޚަބަރު

ލާމަރުކަޒީ ޤާނޫނަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ލާމަރުކަޒީ ޤާނޫނަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 މޭ 2025، 05:54

19 މޭ 2025، 05:54

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 15 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފިއެވެ. މި އިޞްލާޙު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ލޯކަލް ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ޙާލަތްތަކުގައި ތަކުރާރުކޮށް ބައި-އިލެކްޝަން ބޭއްވުމަށް ކުރަންޖެހޭ ޚަރަދުތައް ކުޑަކުރުމެވެ.

މި އިޞްލާޙާއެކު، ކައުންސިލެއްގެ ރައީސްގެ މަޤާމު ހުސްވިއިރު އެ ކައުންސިލްގެ ޢުމުރުގެ ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ޤާނޫނީ ޢަދަދު ހަމަވާ މިންވަރަށް މެންބަރުން ތިބިނަމަ، އެ ހުސްވި މަޤާމަށް މެންބަރަކު އިންތިޚާބުކުރާކަށް ނުޖެހޭނެއެވެ. މި އުޞޫލު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް ހިނގާނެއެވެ.

މި ބިލަކީ 15 މޭ 2025 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެވުނު ބިލެކެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިއަދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި، މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

މި އިޞްލާޙުގެ ސަބަބުން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުކަމުގެ މަޤާމުތައް ހުސްވުމުން ބާއްވަންޖެހޭ ބައި-އިލެކްޝަންތަކުގެ އަދަދު މަދުވެ، އެކަމަށް ހިނގާ ޚަރަދު ކުޑަވާނެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS