Ads by Aqeeqa Maldives

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2025، 06:27

20 މޭ 2025، 06:27

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށްޓެވީ މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެކަމަށްޓަކައި ޚާއްޞަކޮށް ބޭއްވުނު ރަސްމިއްޔާތެއްގައެވެ.

ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްގެ ގޮތުގައި ހިމެނޭ މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ. މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާ ކަމަށާއި، މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަސް ދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. މި މަޝްރޫޢު ނިމުމުން މުލީގެ އިތުރުން މ. އަތޮޅުގެ ގިނަ ރަށްރަށަށް ޞިއްޙީ ޚިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، "މި ހޮސްޕިޓަލަކީ މުޅި މ. އަތޮޅުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި އައު ހަރުފަތަކަށް އަރައިގަތުމުގެ ފެށުމެއް" ކަމަށެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ވަޒީރުންނާއި، މ. އަތޮޅުގެ ރަށްރަށުގެ ކައުންސިލަރުން އަދި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by MSS