Ads by Aqeeqa Maldives

ޚަބަރު

މުލި-ނާލާފުށި ކޯޒްވޭގެ މަސައްކަތް ރައީސް މުޢިއްޒު ފައްޓަވައިދެއްވައިފި

މުލި-ނާލާފުށި ކޯޒްވޭގެ މަސައްކަތް ރައީސް މުޢިއްޒު ފައްޓަވައިދެއްވައިފި

މުލި-ނާލާފުށި ކޯޒްވޭގެ މަސައްކަތް ރައީސް މުޢިއްޒު ފައްޓަވައިދެއްވުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 މޭ 2025، 06:34

20 މޭ 2025، 06:34

މުލަކުއަތޮޅު މުލި އަދި ނާލާފުށި ގުޅުވާލުމަށް ހަދާ ކޯޒްވޭގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިދެއްވައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

125.58 މިލިއަން ރުފިޔާގެ މި މަޝްރޫޢު 600 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މުލީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މި މަޝްރޫޢަކީ އިޤްތިޞާދީ ގޮތުން މުހިންމު މަސައްކަތެއް ކަމަށާއި، ދެ ރަށުގެ ރައްޔިތުންނަށް މީގެ ފައިދާ ކުރާނެ ކަމަށެވެ.

"ނާލަފުށީގެ ރައްޔިތުންނަށް ނުލިބޭ ޚިދުމަތްތަކެއް ލިބޭނެ. ދެ ރަށުގެ ރައްޔިތުންނަށްވެސް ފައިދާ އެބަވޭ. އެމްޓީސީސީއާއެކު ހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އީއައިއޭވެސް ވަނީ ނިންމާފައި. އެހެންވީމަ މަސައްކަތް ފެށިގެން ނުހުއްޓި ބާރަށް ކުރިއަށްދާނެކަމަށް ޔަޤީންކުރަން. ދީފައި އޮތް މުއްދަތަށްވުރެ އަވަހަށް ނިންމާނެކަމަށް ޔަޤީންކުރަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން 655 މީޓަރުގެ ދިގު ކޯޒްވޭއެއް އެޅުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން 112 މީޓަރުގެ ރިވެޓްމެންޓް އަދި 15 މީޓަރުގެ ގްރޮއިން ޖެހުމާއެކު، މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުން ހިމެނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މުލީގައި ގަސް އިންދުމުގެ ޙަރަކާތެއްވެސް ކުރިއަށް ގެންދެވިއެވެ.


                    

މި ލިޔުން ކިޔާލުމުން

Ads by MSS