ޚަބަރު
ޤުދުރަތީ ރީތިކަމަކީ ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް
ޤުދުރަތީ ރީތިކަމަކީ ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "އިންޓަރނޭޝަނަލް ޑޭ އޮފް ބައިލޮޖިކަލް ޑައިވަރސިޓީ" ނުވަތަ ބައިނަލްއަޤްވާމީ ދިރޭތަކެތީގެ ނަސްލުގެ ދުވަހާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ، ޤުދުރަތީ ރީތިކަމަކީ ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށެވެ. އެހެންކަމުން، މި އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "ހާމަރނީ ވިތް ނޭޗަރ އެންޑް ސަސްޓެއިނަބަލް އެނަރޖީ" އެވެ. ދުނިޔޭގައި ބަޔޯޑައިވަސިޓީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1993 ވަނަ އަހަރުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކޮށް، ދިރޭތަކެއްޗާއި ޤުދުރަތީ މާޙައުލުން ލިބޭ ފައިދާތަކަށް ޢާންމުން ހޭލުންތެރިކުރުމެވެ.
ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް. މި އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން. pic.twitter.com/yle0pbZAL7
— Dr Mohamed Muizzu (@MMuizzu) May 22, 2025