Ads by Aqeeqa Maldives

ޚަބަރު

"މޯލްޑިވްސް އެކްސްޕޯ 2025"ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

"މޯލްޑިވްސް އެކްސްޕޯ 2025"ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 މޭ 2025، 10:40

22 މޭ 2025، 10:40

މޯލްޑިވްސް އެކްސްޕޯ 2025ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު މިރޭ މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން (އެމްސީއެސްއީ) ގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.


މި ރަސްމިއްޔާތުގައި 500 އަށްވުރެ ގިނަ ތަކެތި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކަށް އިނާމު ދެވުނެވެ. މީގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، ރަށްރަށާއި ސިޓީތަކުގެ ކޮމިއުނިޓީތަކާއި، ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނެއެވެ.


އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި، އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަތަމަ ބޭއްވުނީ 1944 ވަނަ އަހަރުއެވެ. އޭގެ 81 އަހަރަށްފަހު ބޭއްވޭ މި މައުރަޒަކީ ވަރަށް ބޮޑަށް ތަފާތު، ޚާއްޞަ މައުރަޒެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.


ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައިވާ ފަދައިން، ދިވެހި ވިޔަފާރިވެރިން އުފައްދާ ތަކެތި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ފަސޭހަކަމާއެކު ފޯރުކޮށްދީ، ވިޔަފާރީގެ މުޢާމަލާތްތައް ހިންގޭނެ ނިޒާމެއް ޤާއިމްކުރެވިގެން ދިއުމެވެ.


އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސިޔާޒް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތްކުރައްވާނީ އުފެއްދުންތެރިކަމުގެ މައުރަޒު އަހަރުން އަހަރަށް އިތުރަށް ފުޅާކޮށް، ބައިނަލްއަޤްވާމީ ފެންވަރުގެ މައުރަޒަކަށް ހެދުމަށެވެ.


މޯލްޑިވްސް އެކްސްޕޯ 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ 23 މެއިން 31 މެއި 2025 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މިއީ 6 އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވޭ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒެވެ. މި މައުރަޒަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ބާއްވާ މައުރަޒެކެވެ.


އުފެއްދުންތެރިކަމުގެ މައުރަޒު 2025އަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ބާއްވާ މައުރަޒެކެވެ. އިޤްތިޞާދީ ވުޒާރާގެ އިރުޝާދާއެކު ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ކަމެއް ކުރިއަށް ގެންދަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިންނެވެ.


ވަޒީރު މުޙައްމަދު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައި އޮތުމުގެ ބަދަލުގައި އެހެން ސިނާއަތްތައްވެސް ކުރިއަރުވައި، އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތާއެކު އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.


މި މައުރަޒުގައި ހުށަހަޅާފައިވާ އުފެއްދުންތަކުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި، ރަށްރަށާއި ސިޓީތަކުގެ ކޮމިއުނިޓީތަކާއި، ވިޔަފާރިތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ޖަމްޢިއްޔާތަކާއި އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް ހިމެނެއެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާގައި ހުރި ތަފާތު ހުނަރުތަކާއި ޤާބިލުކަން ދައްކުވައިދޭ މުހިންމު ފުރުޞަތެކެވެ.


                    

                    

މި ލިޔުން ކިޔާލުމުން

Ads by MSS