Ads by Stelco

ޚަބަރު

ދިވެހި ޙައްޖުވެރިންނަށް އަލަށް ތަޢާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވް ރައީސްގެ ދެކަނބަލުން އިފްތިތާޙުކޮށްދެއްވައިފި

ދިވެހި ޙައްޖުވެރިންނަށް އަލަށް ތަޢާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވް ރައީސްގެ ދެކަނބަލުން އިފްތިތާޙުކޮށްދެއްވައިފި

ދިވެހި ޙައްޖުވެރިންނަށް އަލަށް ތަޢާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވް ރައީސްގެ ދެކަނބަލުން އިފްތިތާޙުކުރުން/ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

26 މޭ 2025، 01:45

ދިވެހި ޙައްޖުވެރިންނަށް އަލަށް ތަޢާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފި އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައިވަނީ، މިއަދު މެންދުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއަރމަން އަދި ސައޫދީގެ ދާޚިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަޙްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހަމަ އެހެންމެ، ސަޢުދީ ޢަރަބިއްޔާ އިސް ވަފުދުގެ ބޭފުޅުންނާއި، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި ދަޢުލަތުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރެވުނު މުހިންމު މަސައްކަތަކަށް ވާއިރު، މިކަމުގެ ސަބަބުން ދިވެހި ޙައްޖުވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާބެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޙައްޖު ވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ކަންތައްތައް ހުންނާނީ ނިމިފައިކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ޙައްޖުވެރިންގެ ފޮށިތައް ވެސް މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، އިލެކްޓްރޯނިކް ޙައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ޙައްޖުވެރިންގެ ސިއްޙީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ވެސް އަޅުއްވާފައިވާކަން މި އިނީޝިއޭޓިވް ގެ ދަށުން ކަށަވަރުކުރެވިގެންދާނެ އެވެ. އެހެންކަމުން، ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނިގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު، ދިވެހި ޙައްޖުވެރިންނަށް ދެމުންގެންދާ ޚިދުމަތްތައް ފަސޭހަ ކުރުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކެވެ. 

މި ލިޔުން ކިޔާލުމުން

Ads by MSS