Ads by Stelco

ޚަބަރު

ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

27 މޭ 2025، 03:31

ސިންގަޕޫރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރު ހިޒް އެކްސެލެންސީ ސޫ ކޮކް ލެންގ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި، ޞިއްޙީ ޚިދުމަތާއި، މަތީ ތަޢުލީމާއި، ފަތުރުވެރިކަން ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވިޔަފާރިއާއި، އިޤްތިޞާދާއި، ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ވުނަކުރުމަށް ހިތްވަރުދެއްވައި އެކަމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ހަމަ އެހެންމެ، ބޯހިޔާވަހިކަމުގެ ސިނާޢަތުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންކަމުގެ މައްޗަށް އަލިއަޅުއްވާލާ ރައީސް ވަނީ، އިޔާދަކުރަނިވި ހަކަތައިން ހިންގާ ތިމާވެއްޓާ ރައްޓެހި ސިޓީއެއް އުފެއްދެވުމުގެ ޚިޔާލު ހުށައަޅުއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ސިޔާސީ ގުޅުންތައް ހަރުދަނާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އަރުއްވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS