Ads by Stelco

ޚަބަރު

ބެލެނިވެރިންނަކީ ޤައުމުގެ ޒުވާން ޖީލު ބައްޓަންކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތް: ރައީސް

ބެލެނިވެރިންނަކީ ޤައުމުގެ ޒުވާން ޖީލު ބައްޓަންކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު|ފޮޓޯ: ރައީސް އޮފީސް

01 ޖޫން 2025، 10:52

ބެލެނިވެރިންނަކީ ޤައުމުގެ ޒުވާން ޖީލު ބައްޓަންކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވުމަށް  ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މި ޕޯސްޓުގައި އެމަނިކުފާނު ވަނީ، ބެލެނިވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި  ތަހުނިޔާ ހުރިހާ ބެލެނިވެރިންނަށް ފޮނުއްވާފައެވެ. ހަމަ އެހެންމެ، ދަރިންގެ ތަރުބިއްޔަތު ރަނގަޅުކުރުމަށް ޒުވާން އަދި އަލަށް ބެލެނިވެރިއަކަށްވި ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ބެލެނިވެރިންނަކީ ޤައުމުގެ ޒުވާން ޖީލު ބައްޓަންކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިސަރުކާރުން ބެލެނިވެރިންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށެވެ. އެގޮތުން، ރިވެތި އަޚުލާގުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، އެކަށީގެންވާ މާހައުލެއް ބިނާކުރުމުގެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ގޮތުގައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS