Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދެކުނު ކޮރެޔާގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ދެކުނު ކޮރެޔާގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ފޮނުއްވައިފި

ދެކުނު ކޮރެއާގެ ރައީސް/ފޮޓޯ: ބްލޫމްބަރގް ޑޮޓް ކޮމް

04 ޖޫން 2025، 10:19

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެކުނު ކޮރެޔާގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ފޮނުއްވައިފި އެވެ.

ރައީސް ވަނީ، ދެކުނު ކޮރެޔާގެ ރިޔާސީ އިންތިޚާބުގައި އެ ޤައުމުގެ ރައީސް ލީ ޗޭއި-މައިޔޮންގް ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވާ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

މި މެސެޖުގައި ރައީސް ވިދާޅުވީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހޫނު މަރުހަބާއެއް ދަންނަވާކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާއަކީ، ޤައުމުގެ ހަމަޖެހުން ކަށަވަރުކޮށް ކުރިއެރުން ދެމެހެއްޓުމަށް އިންތިޚާބީ ރައީސް، ލީ ޗޭއި-މައިޔޮންގް ގެ ތަޞައްވުރަށް، ދެކުނު ކޮރެޔާގެ ރައްޔިތުން ކޮށްފައިވާ ވަރުގަދަ އިތުބާރު ހާމަކޮށްދެނިވި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.  

މީގެ އިތުރުން އެމަނިކުފާނު ވަނީ، އިންތިޚާބީ ރައީސަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ދެކުނު ކޮރެޔާގެ ރައްޔިތުންނަށް އަމާންކަމާއި ސުލްޙަ މަސަލަސްކަމަށް އެދިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS