Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފިލިޕީންސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސަށް ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ފިލިޕީންސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސަށް ފޮނުއްވައިފި

ރާއްޖެއާއި ފިލިޕީންސްގެ ދިދަ/ފޮޓޯ: ވެކްޓަރ ސްޓޮކް

12 ޖޫން 2025، 01:51

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިލިޕީންސްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސަށް ފޮނުއްވައިފި އެވެ.

ރައީސް ވަނީ، ރިބަޕްލިކް އޮފް ފިލިޕީންސްގެ ރައީސް، ހިޒް އެކްސަލަންސީ ފާދިނަންދް ރޮމުއާލްދޭޒް މަރްކޯޒްއަށް އެޤައުމުގެ މިނިވަން ދުވަހުގެ މުނާސަބާތާއި ގުޅިގެން ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.

މި މެސެޖުގައި ރައީސް ވިދާޅުވީ، ފިލިޕީންސްގެ މިނިވަންދުވަހުގެ ތަހުނިޔާ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު ފޮނުއްވައި ކަމަށެވެ. ހަމަ އެހެންމެ، ފިިލިޕީންސްގެ ރައީސް ފާދިނަންދް ރޮމުއާލްދޭޒް މަރްކޯޒްއަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ރައީސް ވަނީ، އެޤައުމަށާއި އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ފިލިޕީންސްގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 12 ވަނަ ދުވަހެވެ. އެގޮތުން، 1978 ވަނަ އަހަރުން ފެށިގެން ފިލިޕީންސްގެ މިނިވަން ދުވަހުގެ ގޮތުގައި އެދުވަސް އަންނަނީ ފާހަގަކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS