Ads by Stelco

ޚަބަރު

ސިންގަޕޫރުގައި އުޅޭ ދިވެހިންނާއި ރައީސް މުޢިއްޒުގެ ދެކަނބަލުން ބައްދަލުކުރައްވައިފި

ސިންގަޕޫރުގައި އުޅޭ ދިވެހިންނާއި ރައީސް މުޢިއްޒުގެ ދެކަނބަލުން ބައްދަލުކުރައްވައިފި

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގައި އުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޖުލައި 2025، 09:12

01 ޖުލައި 2025، 09:12

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގައި ދިރިއުޅުއްވާ ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރިޓްސް ކަރލްޓަންގެ ގާޑަން ޕެވީލިއަންގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގައި ދިރިއުޅުއްވާ އާއިލާތަކާ ވަކިވަކިން ބައްދަލުކުރައްވާ، އެ އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ. އަދި އާއިލާތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފޮޓޯ ނަންގަވާފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒު އެދިވަޑައިގަންނަވަނީ ދިވެހިން އެކި ޤައުމުތަކަށް ދިރިއުޅުން ބަދަލުކުރިނަމަވެސް، ދިވެހިންގެ އަޚުލާގާއި ރާއްޖޭގެ ރީތި ނަން ދެމެހެއްޓުމަށް ޚާއްސަ އިސްކަމެއް ދިނުމަށެވެ.

"ދުނިޔެ ތަރައްޤީވަމުން އަންނައިރު ދިވެހި މުޖުތަމައުގެވެސް ވިސްނުމާއި ފިކުރު ބަދަލުވެގެންދޭ. ދަރިންނަށް ކިޔަވައިދިނުމަށާއި، އަމިއްލައަށް ތަޢުލީމް ލިބިގަތުމަށާއި ވަޒީފާގެ ގޮތުންވެސް ތަންތަންތަނަށް ބަދަލުވަނީ އަމާން މާހައުލެއްގައި އަމާން ދިރިއުޅުމަށް," ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ރައީސް މުޢިއްޒު ރައީސްކަމަށް ހަވާލުވެވަޑައިގަތުމަށްފަހު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ޚާރިޖީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ދަތުރުފުޅުގައި ދިވެހިންނަށް ފައިދާވާނެ ގިނަ ކަންކަން ހާސިލްކުރުމަށް މަޝްވަރާކޮށް، އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS