ދުނިޔެ / ޚަބަރު

އެމެރިކާގެ މިނިވަން ދުވަހުގެ ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

އެމެރިކާގެ މިނިވަން ދުވަހުގެ ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ޖުލައި 2025، 02:41

04 ޖުލައި 2025، 02:41

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމެރިކާގެ މިނިވަން ދުވަހުގެ ތަޙްނިޔާ، އެ ޤައުމުގެ ރައީސް ޑޯނަލްޑް ޓްރަމްޕަށާއި ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް އަށާއި އެޤައުމުގެ ރައްޔިތުންނަށް މި ދުވަހުގެ ތަޙްނިޔާ އަރިސްކުރައްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި އެ ޤައުމަށް މިނިވަންކަމާއި ކުރިއެރުމަށް ވަނީ އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މިއަހަރަކީ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހެވެ. އެމެރިކާގެ މިނިވަން ދުވަސް ފާހަގަކުރަނީ، 1776 ވަނަ އަހަރު އޭރު އިނގިރޭސި ރަސްކަމުގެ ދަށުގައި އޮތުމަށްފަހު ދާޚިލީ ހަނގުރާމައަކަށްފަހު ވަކިވެގަނެ، ޖުލައި މަހުގެ 4 ވަނަ ދުވަހު މިނިވަންކަމުގެ މުޢާޚަދާ ތަސްދީޤު ކުރި ދުވަހުގެ ގޮތުގައެވެ.

ދިވެހިރާއްޖެއާއި އެމެރިކާއިން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. ދިވެހިރާއްޖެ މިނިވަންކަން އިޢުލާން ކުރުމާއެކު އެމެރިކާއިން ދިވެހި ރާއްޖެ ބަލައިގަނެ، އެ ޤައުމުގެ ސަފީރެއް އައްޔަންކޮށްފައިވެއެވެ. މި ގުޅުންތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމާއި ގުޅުން އިތުރަށް ބަދަހިވެއެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS