Ads by Stelco

ޚަބަރު

މިނިވަން 60 ލޯގޯ ސަރުކާރުގެ ލިޔުންތަކުގައި ޖެއްސެވުމަށް ރައީސް ނިންމަވައިފި

މިނިވަން 60 ލޯގޯ ސަރުކާރުގެ ލިޔުންތަކުގައި ޖެއްސެވުމަށް ރައީސް ނިންމަވައިފި

މިނިވަން 60 ލޯގޯ/ފޮޓޯ: ސަން އޮންލައިން

06 ޖުލައި 2025، 07:18

މިނިވަން 60 ލޯގޯ ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރެނީ މި އަހަރެވެ. މިނިވަން ދުވަހާ ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ކަނޑައަޅުއްވައި، އެ ލޯގޯ މި އަހަރުގެ ޖުލައި 26އިން ފެށިގެން 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ޖެއްސެވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ހަމަޖެއްސެވުމާއި ގުޅިގެން، ސަރުކާރުގެ އިދާރާތަކުން ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި މި ލޯގޯ ޖެއްސެވުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، ސަރުކާރު އޮފީސްތަކަށް ދެއްވާނެކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ލޯގޯ އާންމުކޮށް މިހާރު ދައްކާލާފައިވާއިރު، މި ލޯގޯ ފަރުމާކޮށްފައިވަނީ ހދ. ނޭކުރެންދޫ ވާރޭ ވިލާ، ފަރުހާދު އިބްރާހީމެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS