Ads by Stelco

ޚަބަރު

އިންވެސްޓަރުންގެެ އިތުބާރު ބޮޑުވެ ސްކޫކޫގެ އަގު މައްޗަށް ޖެހިލައިފި

އިންވެސްޓަރުންގެެ އިތުބާރު ބޮޑުވެ ސްކޫކޫގެ އަގު މައްޗަށް ޖެހިލައިފި

ރައީސް މުޢިއްޒު އަދި ވަޒީރު ޒަމީރް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ޖުލައި 2025، 10:41

09 ޖުލައި 2025، 10:41

ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ހެއްކެއްގެ ގޮތުގައި، ފާއިތުވި މަސްތަކުގައި ދިވެހިރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް ޖެހިލައިފިއެވެ.

 މިއީ ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އިތުރުވަމުންދާކަމުގެ ހެއްކެއް ކަމުގައި މާލީ މާހިރުން ފާހަގަކުރެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖުލައި 7 ވަނަ ދުވަހު ސުކޫކުގެ އަގު ވަނީ 87.44 އެމެރިކާ ޑޮލަރަށް އަރާފައެވެ. މިއީ އޭޕްރީލް މަހުގެ ކުރީކޮޅު ހުރި 64.72 އެމެރިކާ ޑޮލަރާ އަޅާބަލާއިރު، 35 ޕަސެންޓަށްވުރެ މަތީ ކުރިއެރުމެކެވެ.

މި ކުރިއެރުން ހާސިލުވެފައިވަނީ ސަރުކާރުން އަޅަމުންދާ އެކި ފިޔަވަޅުތަކުގެ ސަބަބުންނެވެ. މީގެ ތެރޭގައި:

  • 2025 ވަނަ އަހަރުގެ މާރިޗް މަހު ކްރެޑިޓަރުންނަށް ދައްކަންޖެހޭ ބޮޑު ރިޕޭމަންޓެއް ވަގުތަށް ދެއްކުން
  • އޭޕްރީލް މަހުގެ ސުކޫކު ކޫޕަން ޕޭމަންޓް ގަވާއިދުން ދެއްކުން
  • ބައިލެޓަރަލް ޕާޓްނަރުންނާއެކު ރީފައިނޭންސިންގ ޕެކޭޖެއް ހަމަޖެއްސުމަށް ކުރެވުނު މަޝްވަރާތައް

މާލީ މާހިރުންގެ ދިރާސާތަކުން ދައްކާގޮތުގައި، ސުކޫކުގެ އަގު މިގޮތަށް މައްޗަށް ދިއުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. "މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ސީދާ ހެއްކެއް،" މިހެން ވިދާޅުވަނީ އިކޮނޮމިކް ކައުންސިލްގެ އިސް އެޑްވައިޒަރެކެވެ.

ސަރުކާރުގެ މާލީ އަދި ތަރައްޤީގެ ސިޔާސަތުތަކުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ދަރަނި އަދާކުރުމުގެ ޤާބިލުކަން އިތުރުވެ، އިޤްތިޞާދީ ދުވެލި އިތުރަށް ހަލުވިވާނެކަމަށް ބެލެވެއެވެ.

 

 

 

 

މި ލިޔުން ކިޔާލުމުން

Ads by MSS