Ads by Stelco

ޚަބަރު

މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ: މެޓް އޮފީސް

މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ: މެޓް އޮފީސް

ކަނޑު ގަދަ ދުވަހެއްގައި ކަނޑު ދަތުރުކުރަނީ/ފޮޓޯ: އަވަސް އެމްވީ

10 ޖުލައި 2025، 11:47

މި ހަފްތާގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، މުޅި ރާއްޖެއަށް މާ ބޮޑަށް ވިއްސާރަ ނުވާނެ ކަމަށާއި، ބޮޑަށް ވިއްސާރަކުރާނެކަމަށް ބެލެވެނީ ދެކުނާއި މެދުރާއްޖެތެރެއަށް ކަމަށް މެޓުން މަޢުުލޫމާތުދެއެވެ. ހަމަ އެހެންމެ، ޢާންމު ގޮތެއްގައި މޫސުން އެހާ ގޮސްނުވާނެ ކަމަށާއި ދޭތެރެއިން ވާރޭ ވެހުމުގެ ފުރުޞަތު އެބައޮތް ކަމަށް މެޓުން ވިދާޅުވެއެވެ.

މީގެ އިތުރުން މެޓް އޮފީހުން ވިދާޅުވީ، މި ދުވަސްވަރު ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ވިދާޅުވެފައެވެ. ހަމަ އެހެންމެ، ދެކުނުގެ ރަށްތަކަށާއި މެދުރާއްޖެ ތެރެއަށް ވައިގަދަވާނެ ކަމަށާއި ގަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަަށް މިދުވަސްވަރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS