Ads by Stelco

ޚަބަރު

ދޮށީ އުމުރަށް ދާއިރު ކުރިމަރިވާނެ ދަތިތަކަށް ޒުވާނުން ތައްޔާރުކުރުމަށް މަސައްކަތްކުރާނަން: ރައީސުލްޖުމްހޫރިއްޔާ

ދޮށީ އުމުރަށް ދާއިރު ކުރިމަރިވާނެ ދަތިތަކަށް ޒުވާނުން ތައްޔާރުކުރުމަށް މަސައްކަތްކުރާނަން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ޖުލައި 2025، 02:41

11 ޖުލައި 2025، 02:41

ދޮށީ އުމުރަށް ދާއިރު ކުރިމަރިވާނެ ދަތިތަކާއި ގޮންޖެހުންތަކަށް ޒުވާނުން ތައްޔާރުކުރުމަށް މި ސަރުކާރުން މުހިންމު އިސްކަމެއްދީގެން މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އާބާދީއާ ގުޅޭ ކަންކަމުގައި ދުރުރާސްތާ ވިސްނުން މުހިންމު ކަމަށާއި، މިކަމާ ގުޅޭ ހަރުދަނާ ސިޔާސަތުތައް އެކުލަވާލަންޖެހޭ ކަމަށެވެ.

މީގެއިތުރުން އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކުޑަކުދިންގެ ފަރުވާ ހަރުދަނާކޮށް، ތަޢުލީމާއި ޞިއްޙީ ފުރުޞަތުތައް ފަހިވެފައިވާ މާޙައުލެއް ޒުވާނުންނަށް ޤާއިމުކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ކައުންސެލިންނާއި ދަރިމައިވުމުގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ދިރިއުޅުމުގެ ނިންމުންތައް ނިންމުމުގައި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭކަމަށް ވެސް ވިދާޅުވިއެވެ.



ދުނިޔޭގެ އާބާދީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ އާބާދީއާ ގުޅޭ އެކިއެކި ކަންކަމުގައި މުޖުތަމަޢު ހޭލުންތެރިކުރުވުމެވެ. 

މި އަހަރުގެ އާބާދީ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިހާރު ގިނަ ޒުވާނުން ތަޙައްމަލު ކުރަމުންދާ ދަރިމައިވުމާ ގުޅޭ މައްސަލަތަކާ ގުޅިގެންނެވެ. އެގޮތުން މި އަހަރުގެ ޝިޢާރަކީ "އިންސާފުވެރި އުންމީދީ މާޙައުލެއްގައި ޢާއިލާތައް ބިނާކުރުމުގެ ފުރުޞަތު ޒުވާނުންނަށް ހޯދައިދިނުން" މިއެވެ.

ޔުނައިޓެޑް ނޭޝަންސް ޕޮޕިޔުލޭޝަން ފަންޑް، ޔޫއެންއެފްޕީއޭއިން ކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުން ގިނަ ދަރިން ބޭނުންވި ނަމަވެސް، ދިމާވާ އިޖުތިމާޢީ، އިޤުތިޞާދީ އަދި ޞިއްޙީ މައްސަލަތަކާއި ހުރަސްތަކާ ގުޅިގެން ދަރިން ނުހޯދިފައި ތިބި 14،000 އެއްހާ މީހުން 14 ޤައުމެއްގައި އެބަތިއްބެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS