Ads by Stelco

ޚަބަރު

މާދަމާއިން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ: މެޓް

މާދަމާއިން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެ: މެޓް

ކަނޑު ގަދަ ދުވަހެއްގައި ކަނޑު ދަތުރުކުރަނީ/ފޮޓޯ: ސަން އެމްވީ

16 ޖުލައި 2025، 05:37

މާދަމާއިން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، މިމަހުގެ 17 ވަނަ ދުވަހު (މާދަމާ) އިން ފެށިގެން ކުރިއަށް އޮތް 4 ދުވަހު ރާއްޖެ ސަރަޙައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ބެލެވޭތީ ވައި ބާރުވެ، ކަނޑުތައް ގަދަވެ،  އަދި ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ޤައުުމީ އިދާރާއިން އިތުރަށް ވިދާޅުވީ، މި ދުވަސްތަކުގައި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުތަކާއި ޚާއްޞަކޮށް ކަނޑުއޮޅިތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރުމުގެ އިތުރުން، ދިޔަވަރު ބޮޑުވާ ވަޤުތުތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓުން ވިދާޅުވިއެވެ.

އެހެންކަމުން، މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން އަދި ޚާއްޞަކޮށް ދަތުރުވެރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS