ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ކަސްޓަމްސްގެ 135 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު |ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 135 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ވަނީ ކަސްޓަމްސްގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަސްޓަމްސްގެ އެންމެހާ ވެރީންނަށާއި އެ ސާރވިސަސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤައުމީ ޚިދުމަތުގައި ކަސްޓަމްސްއަށް އަބަދުވެސް ކުރިއެރުމާއި ކާމިޔާބީއަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
ދިވެހިރާއްޖޭގައި ކަސްޓަމްސްގެ ޚިދުމަތްދޭން ފަށާފައިވަނީ މީލާދީން 1890 ވަނަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
135 ވަނަ އަހަރީ އުފަލުގައި ބައިވެރިވެ، ކަސްޓަމްސްގެ ވެރީންނާއި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ދަންނަވަން. ޤައުމީ ޚިދުމަތުގައި ކަސްޓަމްސަށް އަބަދުވެސް އަޅުގަނޑު އެދެނީ ކުރިއެރުމާއި ކާމިޔާބީ. pic.twitter.com/UN0OlLj7bE
— Dr Mohamed Muizzu (@MMuizzu) July 18, 2025