Ads by Stelco

ޚަބަރު

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ހުޅަނގު މޫސުމުގެ ބާރުގަދަވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

އުދައެރުން/ފޮޓޯ: ސަން އެމްވީ

18 ޖުލައި 2025، 03:46

ހުޅަނގު މޫސުމުގެ ބާރުގަދަވެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރިފައިވަނީ، މޫސުން ގޯސްވުމުގެ ސަބަބުން އުދަ އަރާނެކަމަށް ލަފާކޮށްފައެވެ.

މިކަމާއި ގުޅިގެން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭ 19:30 އާއި ހަމައަށެވެ. އެގޮތުން، ކުރިއަށް އޮތް 24 ގަޑިއިރު ރައްޖޭގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ހަމަ އެހެންމެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން، މެޓް އޮފީހުން ވަނީ މިއަދު މެންދުރު ފަހު 13:30 އިން ފެށިގެން އިރުއޮއްސި 17:30 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމާއި، އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. މީގެއިތުރުން މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އެހެންކަމުން، މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Ads by MSS