ޚަބަރު
ހއ. އަތޮޅުން ތ. އަތޮޅަށް މޫސުން ގޯސް، ހުދު ސަމާލު ދިގުދަންމާލައިފި

މޫސުން ގޯސްދުވަހެއްގައި ކަނޑުމަތި. ފޮޓޯ:އިންޓަރނެޓް
ހއ. އަތޮޅުން ތ. އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު މެންދުުރު ނެރުނު ހުދު ސަމާލު ދިގު ދަންމާލައިފިއެވެ.
މޫުސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު ވަނީ ހއ. އަތޮޅުންް ތ. އަތޮޅަށް މިއަދުގެ 17:30 އާއި މިރޭގެ 22:30 އާއި ދެމެދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ހުދު ސަމާލުގައި ބުނެފައިވަނީ، އެ ވަގުތުތަކުގައި އެ ސަރަޙައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ހަމަމިއާއި އެކު ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.