Ads by Stelco

ޚަބަރު

ރައީސް ޑރ މުޢިއްޒު ކެންދުއަށް ވަޑައިގެންފި

ރައީސް ޑރ މުޢިއްޒު ކެންދުއަށް ވަޑައިގެންފި

ރައީސް ޑރ މުއިއްޒުބ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2025، 04:23

11 އޯގަސްޓު 2025، 04:23

ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ ކެންދޫއަށް ވަޑައިގެންފިއެވެ.

ކެންދޫ އަކީ މިއަދު އެމަނިކުފާނު ވަޑައިގަންނަވާ ތިންވަނަ ރަށެވެ. ކެންދުއަށް އެމަނިކުފާނު ވަޑައިގަތުމުން އެރަށުގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ރަށުގެ ކުދިބޮޑު ރައްޔިތުން ނުކުމެ ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފައެެވެ.

ކެންދުއަށް ރައީސް މުޢިއްޒު މިކުރައްވާ ދަތުރުފުޅުގައި އެރަށުގެ ކައުންސިލްގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ކެންދޫގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތަކެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކެންދޫގައި އަލަށް ޤާއިމުކުރި ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ރައީސް ޑރ މުޢިއްޒު ފަށްޓަވާދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ރައީސް، ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުންވެސް އޮންނާނެއެވެ.

މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް ބ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ތެރެއިން 13 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެއެވެ. އެ ރަށްރަށަކީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި މާޅޮހެވެ.

ބ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔ ާޑރ މުޢިއްޒު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ސަރުކާރު ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން