Ads by Stelco

ޚަބަރު

ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ބ.އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފެށުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 އޯގަސްޓު 2025، 08:36

11 އޯގަސްޓު 2025، 08:36

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް މާޅޮސްމަޑުލު ދެކުނުބުރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

 މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ އަތޮޅުގެ ވެރިކަންކުރާ އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި، އެމްޓީސީސީގެ ސީއީއޯ އަޙުމަދު ސައުދީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޚިދުމަތް ބ. އަތޮޅުގައި ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާން ކުރައްވާފައިވާ ކަމެއް ވެސް މެއެވެ.

އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ރަސްމީކޮށް ފެށުނު ނަމަވެސް، މިދިޔަ ޖުލައި 28 ވަނަ ދުވަހުން ފެށިގެން ނުރަސްމީކޮށް ދަތުރުތައް ވަނީ ފަށާފައެވެ. މި ޚިދުމަތް ފެށުމުގެ ކުރިން މުވައްޒަފުން ނަގައި، އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތްވެސް ވަނީ ނިންމާފައެވެ.

ބ. އަތޮޅުގައި އާރްޓީއެލްގެ ދަތުރުތައް ބާއްވަނީ 2 ރޫޓަކަށެވެ. މި ދަތުރުތަކުގައި ބޭނުންކުރަނީ ހައި ސްޕީޑް 2 ފެރީއެވެ. ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރިރަށަށް ދަތުރުކުރުމަށް ފަސޭހަވާނެ ގޮތަށެވެ.

އެހެން އަތޮޅުތަކެކޭ އެއްފަދައިން، ބ. އަތޮޅުގައިވެސް ފުރަތަމަ ހަފުތާގައި ދަތުރުތައް ކުރިއަށް ގެންދިޔައީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައި، އެއްވެސް ފީއެއް ނުނަގައެވެ. ދަތުރުތަކުގެ ރޫޓްތަކާއި އަގުތަކުގެ މައުލޫމާތު އާރްޓީއެލްގެ އެޕްލިކޭޝަނާއި ވެބްސައިޓުން ލިބެން ހުންނާނެކަމަށް އާރްޓީއެލްއިން މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން