Ads by Stelco

ޚަބަރު

ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފި

ޕާކިސްތާނުގެ 75ވަނަ މިނިވަން ދުވަސް ފާހަގަކުރުން، ފޮޓޯ: ރޮއިޓާރސް

farudhun logo

ފަރުދުން

14 އޯގަސްޓު 2025، 09:42

14 އޯގަސްޓު 2025، 09:42

ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން އެ ޤައުމުގެ އިސްވެރީންނަށާއި ރައްޔިތުންނަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޤައުމުގެ މިނިވަން ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ޕާކިސްތާނުން މިހާތަނަށް ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން މުސްތަޤުބަލުގައި ބަަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޯގަސްޓް މަހުގެ 14ވަނަ ދުވަހުއެވެ. މި ދުވަސް ފާހަކުރަނީ، އޭރު އިންޑިއާ ޕާކިސްތާނު ހިމެނޭ ސަރަޙައްދުގައި އިނގިރޭސިން ކުރަމުން އައި ވެރިކަން ނިމި، ޕާކިސްތާން މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާން ކުރެވުނު ދުވަހެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން