Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، އއ. މާޅޮސް ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އއ. މާޅޮސް ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، މާޅޮސް ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

19 އޯގަސްޓު 2025، 02:23

19 އޯގަސްޓު 2025، 02:23

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލް އިދާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ހުއްޓިފައިވާ ސްކޫލް މަޝްރޫޢު އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތް އަވަހަށް ފައްޓަވައިދެއްވައި، ޞިއްހީމަރުކަޒުގެ އިމާރާތުގައި މިހާރުހުރި ގޮންޖެހުންތަކަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތައް ޙިއްޞާކުރައްވައި އެކަމުގައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އަރިއަތޮޅު ރަންފަރު ރަށުގެ އިޙުތިސާސްގެ ތެރޭގައި ހިމަނައިދެއްވާފައިވާތީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން