Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ހދ. ފިނޭ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ހދ. ފިނޭ ކައުންސިލާ ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިނޭ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، އަދި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން|ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 އޯގަސްޓު 2025، 08:15

24 އޯގަސްޓު 2025، 08:15

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލް އިދާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، އެރަށުގައި ބަނދަރުގެ މަޝްރޫޢު ކުރިއަށް ދިޔަ ނަމަވެސް އައު ބަނދަރު އިތުރަށް ބޮޑުކުރުމަށް ރައްޔިތުން ބޭނުންވާކަމަށް ވިދާޅުވެއެވެ. ހަމަ އެހެންމެ، މިހާރު ބޭނުންކުރަމުންދާ ބަނދަރަށްވެސް ބަދަލުތަކެއް ގެނައުމަށް ބޭނުންފުޅުވާކަން ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށާއި، ރަށު ސްކޫލްގެ ޖާގަ އިތުރުކުރުމުގެ ގޮތުން ރީލޮކޭޓް ކުރުމަށް ބޭނުންވާކަން ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، ރަށުގެ ޓޫރިޒަމް ޒޯނާއި އަލަށް މީހުން އާބާދުވި ސަރަޙައްދުތަކަށް ކަރަންޓް ކޭބަލް އެޅުމުގެ މުހިންމުކަށް ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ މިއާއެކު، އެރަށުގެ ކައުންސިލް އިދާރާގައި ހުރި ދަތިކަން ހައްލުކުރުމުގެ ގޮތުން ކައުންސިލަށް އައު ޢިމާރާތެއް ބޭނުންވާކަން ވެސް ކައުންސިލަރުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ޓަރފް ދަނޑު ބައުވެ ބޭނުން ނުކުރެވޭވަރުވެފައި ހުރުމުން އެ ރަށުގެ ޒުވާނުންނަށް އެންމެ ޒަމާނީ ފުޓްސަލް ދަނޑެއް އަޅުއްވައިދެއްވުމަށް ކައުންސިލްގެ ފަރާތުން ވަނީ އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ އެރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން